ފެހި އިލްތިމާސް
8 އޮގަސްޓް 2007
މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރެވިގެން ދިޔައީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ނުރައްކާތައް ހައްލުކޮށް ރާއްޖޭގެ ތިމާމެށީ ހިމާޔައްކޮށް ރައްކާތެރިކުރުމަށް ދިވެހިންގެ އަޒުމްއާކޮށް މިކަމުގައި ބައިނަލްއަގްވާމީ ޖަމާޔަތްތަކުން އަވަސް އަމަލީ ފިޔަވަޅުތަކެއް އަޅައިދިނުމަށް ކުރެވުނު ފެހި އިލްތިމާސްއަކާއެކުގައެވެ. މި އިލްތިމާސް ކުރެވުނީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި އޮގަސްޓް މަހުގެ 6 ވަނަ ދުވަހު އދ.މަހިބަދޫގަ ބޭއްވުނު ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި ފެހިއިލްތިމާސް އިސްވެކީ އދ.ތައުލީމީ މަރުކަޒުގެ ދަރިވަރުންކޮޅެކެވެ، އެކުދިންނާއެކު ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަޙުމަދު ޢަބްދުﷲ އަދި އެޖަލްސާގައި ބައިވެރި ވަޑައިގެންނެވި ހުރިހާ ބޭފުޅުން ފެހިއިލްތިމާސް ވިދާޅުވިއެވެ.
ތިރީގައި އެވަނީ ތިމާވެށީގެ ދުވަހު ދިވެހިން ކުރި ފެހި އިލްތިމާސްއެވެ.
އަހަރުމެން ދިވެހިންނަށް މާތްﷲ މިންވަރުކުރައްވާފައިވާ ނިޢުމަތްތަކަށް ހަމްދާއި ޝުކުރުކުރަމެވެ. ފަހެ، އަހަރުމެންގެ ދިވެހިރާއްޖެއަކީ ބަގީޗާއެއް ކަހަލަ ރީތި ހިތްފަސޭހަ ޤައުމެކެވެ. މިރީތި މާހައުލުގައި ލައްވާފައިވާ ވަސީލަތްތަކަކީ އަހަރުމެންގެ މުޅި ދިރިއުޅުމެވެ. މަސްވެރިކަމާއި ފަތުރުވެރިކަމެވެ. ދަނޑުވެރިކަމާއި އެނޫންވެސް އަހަރުމެން އޭގެ މައްޗަށް ބަރޯސާވެފައިވާ ހުރިހާ ކަމެކެވެ.
އަހަރުމެންގެ ގައުމަކީ ދުނިޔޭގައިވާ އެންމެ ފަސްގަނޑު ތިރި އެއްގައުމު ކަމަށްވުމާއިއެކު ދުނިޔޭގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދޭ ނުރައްކާތެރި ތޫފާންތަކާއި، އެނޫންވެސް ޤުދުރަތީ ކާރިޘާތަކުގެ އަސަރު މިރީތި ރަށްތަކަށް ދަނީކުރަމުންނެވެ.
ދިރާސާކޮށް ބެލުމަށްފަހު ކަމާބެހޭ ސައިންޓިސްޓުން މިހާރު ކަށަވަރުކޮށްދީފައިވަނީ ތިމާވެއްޓަށް ބެލުމެއްނެތި ހިންގާފައިވާ ތަރައްޤީއާއި އިންސާނުންގެ ޢަމަލުތަކުން ދުނިޔޭގެ ޖައްވު ހޫނުވުން އިތުރުވަމުންދާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ގަނޑުފެން ފަރުބަދަތައް ވިރި، ކަނޑުގެ ލޮނުގަނޑު އުސްވެގެން ރާއްޖެފަދަ ބިންތިރި ޖަޒީރާތައް ޣަރަޤުވެގެންދާނެ ކަމަށެވެ. މިނުރައްކާތެރި ހާލަތު މެދުވެރިވުން ހުއްޓުވޭނީ ޖައްވަށް ޖަމާވަމުންދާ ވިހަ ގޭސް މަދުކުރުމަށާއި، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރުމަށް މުޅި ދުނިޔެ ވަކިން ޙާއްޞަކޮށް ބޮޑެތި ސިނާއީ ޤައުމުތަކުން ވަގުތުން ފިޔަވަޅުއަޅައިގެންނެވެ.
އަހަރެމެން ދިވެހިން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވައުދުވަމެވެ. އަދި މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސްފާހަގަކުރާއިރު، އަހަރުމެން ދިވެހިރާއްޖޭގެ އެންމެން، ބައިނަލްއަޤުވާމީ ޖަމާއަތްތަކާއި ޤައުމުތަކުގެ ވެރިންނަށް ވަރަށް އަސަރާއެކު މިއިލްތިމާސްކުރަނީ ކުރިމަތިވަމުންދާ ތިމާވެށިގެ މިނުރައްކާތަކުން މިރާއްޖެއާއި އިންސާނިއްޔަތު ސަލާމަތްކޮށް ދިނުމަށް ވަރަށް އަވަހަށް އަމަލީ ފިޔަވަޅުތައް އަޅައިދިނުމަށެވެ. ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ރަނގަޅުކޮށް އަދި ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް ވަރަށް އަވަހަށް އެހީތެރިވެ ދިނުމަށެވެ.
މާތް ﷲ އަހަރުމެންގެ ދިވެހިރާއްޖެ ހުރިހާ މުސީބާތްތަކުން ސަލާމަތްކުރައްވައި، އުފާ ފާގަތިކަންމަތީ ދަމަހައްޓަވާށިއެވެ. އާމީން.
Environment must not be compromised in development
August 7 2007
Minister of Environment, Energy and Water Ahmed Abdullah has said environment must not be compromised in development and providing maximum environmental protection in developmental projects is the best guarantee for the success of investments and sustainable development. He further said enforcement of environment laws and regulations are crucial for environmental sustainability and maintaining a good balance between environment and development.
The Minister said so at the official meeting held in Alifu Dhaalu Mahibadhoo on Monday to mark this year's World Environment Day where President Maumoon Abdul Gayoom was chief guest.
Mr. Abdullah said that the Maldives is experiencing unprecedented environmental threats and problems due to global warming and climate change and with the rapidly increasing developmental activities, the need for more effective and protective environmental management and a responsible partnership has nerver been felt more urgent. He said the Government is engaged in a process of strengthening environmental governance and a revised regulation requiring a comprehensive environmental impact assessment, EIA of all development projects is now in force. The regulation stipulates that mitigation measures must be taken in all such projects.
The Minister said that development projects must give greatest care and protection to the environment and investors and developers must fulfil these obligations. He said that enforcing these rules to protect the environment is a responsibilty of all and requested the co-operation of everyone to achieve these objectives.
The Minister also said that there is an urgent need for more trainined personnel in view of the increasing volume of works the ministry has is pursuing a special human resource development programme to achieve this objective.
President calls to maintain a balance between development and environment
August 7 2007
President Maumoon Abdul Gayoom has said that it is important to maintain a balance between Development and the Environment. He made the statement at yesterday’s official meeting held to mark this year’s Environment Day. Speaking at the meeting, the President said that it was vital to give consideration to the environment in our various economic activities and development.
President Gayoom was accorded a very warm welcome on his arrival at Mahibadhoo, to attend the official meeting to mark the Environment Day 2007. The President was welcomed by Senior Officials of the Government and others attending the Environment Day function.
A welcome song was presented by the students of the South Ari Atoll Education Centre.
In his speech delivered at the function, the President emphasised on carrying out the economic development in a way that would not destroy the environment.
Highlighting the importance of creating awareness concerning the Environment at a time of increasing economic development, the President stated that it was imperative to gain the advice of Environmentalists. The President also emphasised on seeking our livelihoods in an environment-friendly way and said that the collective effort of the society including the young and the old was required to make this endeavour a success. He also requested the media to give a special attention to this issue.
While speaking at the meeting, the President said that it was essential for every individual to try to plant more trees and to protect the existing ones as well.
In his welcoming remarks Minister of Environment, Energy and Water Mr. Ahmed Abdulla highlighted the importance of the Environmental Appeal. The Minister also thanked the President for his efforts in bringing the Environmental issues to the attention of the International community. He also said that the current situation of the environment is known to everyone.
Among the recipients of the “Green Leaf” Award, Mr. Hassan Hameez from Sony Hardware also spoke at the meeting. The vote-of-thanks was delivered by the South Ari Atoll, Atoll Chief Mr. Abdulla Jameel.
After the meeting the President officially launched the programme by planting a tree to revive the beach area of Mahibadhoo. President Maumoon Abdul Gayoom has returned to Male’ after concluding his visit to Mahibadhoo later in the evening.
courtesy of Miadhu News
World Environment Day 2007 - A Pledge by Maldivians (Translation)
Six parties receive President's Green Leaf Award
August 6 2007
Six parties have received the country's highest environment award, President's Green Leaf. Green Leaf Award is given to persons and organisations who have rendered outstanding service to promote and protect the environment. The awards were given by President Maumoon Abdul Gayoom at a ceremony held in Alfu Dhaalu Mahibadhoo Monday morning to mark this year's world environment day.
This year Green Leaf Ward was given to Edelweiss airline of Switzerland, Seenu Feydhoo School, Ecocare, Alifu Dhaalu Dhigurah, Miadhu Daily and Sony Hardware.
Adelweiss airline received the award for their programme to collect and transport back waste generated by tourists travelling by the airline during their stay in the Maldives, Seenu Feydhoo School received the award for the environment programme carried out by the school's environment club, Ecocare, an environment NGO won the award for their environment awareness programmes, Alifu Dhaalu Dhigurah received the award for their community-run programme in waste management, Miadhu Daily received the award for promoting environment awareness programmes through the paper and Sony hardware received the award for their efforts to promote energy efficient bulbs and items.
Minister of Environment Energy and Water Ahmed Abdullah said at the meeting that the Government has decided to give the award to persons and organisations of more categories and sectors to encourage and recognise their services to encourage more participation
for the cause of the environment.
The Green Leaf Award was introduced in 1995 and 37 parties have won the award until now.
ތިމާވެށި ދުވަހުގެ މުނާސަބަތުގައި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދެއްކެވި ވާހަކަފުޅު
"އަޅުގަނޑުމެން ކިތަންމެ ބޮޑު ފައިދާއަކަށް ކުރާ މަސައްކަތެއް ނަމަވެސް، އެ މަސައްކަތެއް ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށީގެ އެކިއެކި ވަސީލަތްތަކަށް ހީނަރުކަން ނުވަތަ އުނިކަން ލިބޭ ކަމުގައިވަންޏާ ނުވަތަ އޭގެ ސަބަބުން ކުރިމަގު ބަނަވެގެން ހިނގައިދާނެ ކަމަށްވަންޏާ، އެ މަސައްކަތަކީ އަޅުގަނޑުމެން ކުރަންވާވަރުގެ މަސައްކަތެއްނޫން. އަޅުގަނޑުމެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ އެއްވެސް މަސައްކަތެއްގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު ޤުދުރަތީ ވަސީލަތްތަކަކަށް ކޮށްގެނެއްނުވާނެ. އަދި އަޅުގަނޑުމެންގެ ތިމާވެށްޓަށްވެސް ކޮށްގެނެއް ނުވާނެ. އެހެންވީމާ، ތަރައްޤީއަށް ކުރެވޭ މަސައްކަތާއި، އަދި ތިމާވެށި ރައްކާތެރިކުރުމާ، ދެ މަސައްކަތުގެ ވަރަށް ހަރުދަނާ ރަނގަޅު މީޒާނެއް އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ. "
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް.
"ރާއްޖޭގެ ތިމާވެށްޓާއި، ހަކަތައާއި، ފެނާބެހޭ ވުޒާރާގެ ވަޒީރު އަލްފާޞިލް އަޙުމަދު ޢަބްދުﷲ ދެންމެ ދެއްކެވި ވާހަކަފުޅުގައި ވަރަށް މުހިންމު ވާހަކަފުޅެއް ވިދާޅުވި. އާދެ! އެއީ ރައްކާތެރި ތިމާވެށްޓަކީ، އިންސާނީ ޙައްޤެއް ކަމުގައި އޭނާ ވިދާޅުވި ވިދާޅުވުން. ޝައްކެއްނެތް. އެއީ ވަރަށްބޮޑު ތެދުފުޅެއް. އިންސާނީ ޙައްޤުތަކަކީ، ހަމައެކަނި އިޖްތިމާޢީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ލިބެންޖެހޭ ޙައްޤުތަކެއް ނޫން. އޭގެއިތުރުން، އިންސާނުންގެ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި، ރައްކާތެރި ވެށްޓެއްގައި އިންސާނުން ދިރިއުޅެވޭގޮތް ހަދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއީވެސް އިންސާނީ ޙައްޤެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ ކަމެއް.
މިދިޔަ މަހު އަޅުގަނޑު އިނގިރޭސިވިލާތަށް ކުރި ދަތުރުގައި އެތާނގެ ދަ ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތަކާބެހޭގޮތުން ތަޤްރީރެއް ކުރިން. އެ ވާހަކަ ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ.
އާދެ! އެ ތަޤްރީރުގައި، ތިމާވެށްޓާބެހޭ އިންސާނީ ޙައްޤުތަކުގެ އާ އިސްނެގުމަކަށް އަޅުގަނޑު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ވާނީ ގޮވާލާފައި. ސަބަބަކީ، އިންސާނީ ޙައްޤުތަކާބެހޭގޮތުން ދުނިޔޭގެ ޝައުޤުވެރިކަން މިހާރު ހުރީ ހަމައެކަނި މަދަނީ އަދި ސިޔާސީ ޙައްޤުތަކަށް އެކަނި ކަމަށްވާތީ. އެއީ، އެކަން ވާންވީ ގޮތެއްނޫން. ރައްކާތެރި ދިރިއުޅުމަކަށާއި ދެމެހެއްޓެނިވި ތިމާވެށްޓެއް ޤާއިމުކުރުމަށް ތަފްޞީލީ ޙައްޤުތަކެއް އެކުލަވާލުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި އަދި ކުރެވެމަކުން ނުދޭ. އެހެންވީމާ، މިކަން ކުރުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ރައްކާތެރި ތިމާވެށްޓަކީ، އިންސާނީ ޙައްޤެއްގެ ގޮތުގައި މުޅި ދުނިޔެ ގަބޫލުކުރާ ޙަޤީޤަތަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރާ ވާހަކަ އަޅުގަނޑުވާނީ ކުރިން މިދެންނެވި ތަޤްރީރުގައި އިޢުލާނުކޮށްފައި. އަދި އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން ދިވެހި ސަރުކާރާއި ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަމުން ގެންދާނެ."
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް.
ތިމާވެށީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމުގެ ހަރަކާތްތައް 2007
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ރާއްޖޭގައި ރަސްމީގޮތުން ފާހަގަކުރުމުގެ ޙަރަކާތްތައް ހިންގިފައިވަނީ އޯގަސްޓްމަހުގެ 4 ން 6 ށް އދ. މަހިބަދޫގައެވެ. މިގޮތުން ހިންގުނު ޙަރަކާތްތަކަކީ:
1- ތިމާވެށީގެ ހޭލުންތެރިކުރުވުމުގެ މަސައްކަތު ބައްދަލުވުން
މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ކުރިއަށް އޮތް 5 އަހަރު ދުވަހަށް އަރިއަތޮޅު ދެކުނުބުރީގެ ތިމާވެށީގެ އަމަލީ މަޝްރޫޢެއް އެކުލަވާލުމެވެ. މި މަސައްކަތު ބައްދަލުވުން ހިންގާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އާއި އެންވަޔަރަންމަންޓް ރިސަރޗް ސެންޓަރ ގުޅިގެނެވެ. މި މަސައްކަތު ބައްދަލުވުމުގައި އދ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި، ކޮމިޓީތަކާއި، ވިޔަފާރީގެ ދާއިރާތަކުންނާއި، ޖަމްޢިއްޔާތަކުން 33 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެވުނު ދާއިރާތަކުގެ ތެރޭގައި ރަށްގިރުމާއި، ދިރޭތަކެތި ޙިމާޔަތްކުރުމާއި، ކުނި ނައްތާލުން ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޯގަސްޓްމަހުގެ 4 ން 5 އަށެވެ.
2- ތިމާވެށީގެ ކުއިޒް މުބާރާތް
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ތިމާވެށްޓާބެހޭ ކުއިޒް މުބާރާތެއް ވަނީ ބޭއްވިފައެވެ. މިގޮތުން އެ އަތޮޅުގެ ކޮންމެ ސްކޫލެއްގެ ދަރިވަރުންގެ މެދުގައި ކުއިޒް މުބާރާތެއް ބާއްވައި، ކޮންމެ ސްކޫލަކުން ވެސް އެންމެ މޮޅު ދެ ދަރިވަރުން ވަނީ، ތިމާވެށީގެ ދުވަހުގެ ރަސްމިއްޔާތުތަކާ ގުޅުވައިގެން މަހިބަދޫގައި ބޭއްވުނު ފައިނަލް ރައުންޑްގައި ބައިވެރިކުރުމަށް ހޮވާފައެވެ. މިގޮތުން އޯގަސްޓްމަހުގެ 4 ވަނަ ދުވަހު މަހިބަދޫގައި ބޭއްވުނު ފައިނަލް ރައުންޑުން ވަނަ ވަނަ އަށް ހޮވިފައިވާ ފަރާތްތަކަކީ:
1 ވަނަ: ޙުސައިން ފާއިޤް، ދަނގެތީ ސްކޫލް
2 ވަނަ: ޢާއިޝަތު ރިޒްމާ، އޮމަދޫ ސްކޫލް
3 ވަނަ: ޢަބްދުﷲ އަހުސާމް، ހަންޏާމީދޫ ސްކޫލް
3- ހޮވާލެވުނު ދެ ޓީމްގެ މެދުގައި ބޭއްވުނު ފުޓްބޯޅަ މެޗު
ތިމާވެށީގެ ދުވަހުގެ ރަސްމީ ޕްރޮގްރާމްގައި ހިމަނައިގެން، އޯގަސްޓް 4 ވަނަ ދުވަހު ހަވީރު 4:00 ގައި މަހިބަދޫގައި ގާއިމްކުރެވިފައިހުރި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ ޓީމަކާއި، މަހިބަދޫ ޒުވާނުންގެ ތެރެއިން ހޮވާލެވުނު ޓީމެއްގެ މެދުގައި ފުޓްބޯޅަ މެޗެއް ބޭއްވުނެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ މަހިބަދޫ ޒުވާނުންގެ ޓީމެވެ. އެ ފަރާތަށް ތަށްޓާއި، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައިވަނީ ޝަރަފުވެރި މެހެމާން، އދ. އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.
4- އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މައުރަޒު
ދުނިޔޭގެ ތިމާވެށީގެ ދުވަހާގުޅުވައިގެން އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މައުރަޒެއް ބޭއްވުނެވެ. މި މައުރަޒުން ވަނަވަނައަށް ހޮވުނު ފަރާތްތަކަކީ:
ގްރޭޑް 4 ކާއި 6 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ފަރުހާން އިބްރާހީމް، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: އާމިނަތު ރިފްޒާ، ހަންޏާމީދޫ ސްކޫލް
3 ވަނަ: ރަފާ ރަޝީދު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ގްރޭޑް 7 ކާއި 9 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޙުސައިން މުއަންމަރު، އޮމަދޫ ސްކޫލް
2 ވަނަ: މުޙައްމަދު ފުރުޤާން، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
3 ވަނަ: ޢާއިޝަތު ޝަމްރާ، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
5- ތިމާވެށީގެ ޕޯސްޓަރުކުރެހުމުގެ މުބާރާތް
ދުނިޔޭގެ ތިމާވެށީގެ ދުވަހާގުޅުވައިގެން އދ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ބޭއްވުނެވެ. މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަކީ:
ގްރޭޑް 4 ކާއި 6 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޙައްވާ ޝަހުދާ، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: އަޙްމަދު އަޚްބާރު، ހަންޏާމީދޫ ސްކޫލް
3 ވަނަ: ޢާއިޝަތު ނިރުމަލާ، އދ. އަތޮޅު ސްކޫލް
ގްރޭޑް 7 ކާއި 9 ކާ ދެމެދުގެ ޢުމުރުފުރާއިން:
1 ވަނަ: ޢާއިޝަތު ފަރުހަތު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު
2 ވަނަ: ފާޠިމަތު އަޒްމީނާ، އޮމަދޫ ސްކޫލް
3 ވަނަ: އިބްރާހީމް ޖަލީލް، ފެންފުށީ ސްކޫލް
6- މުނިފޫހިފިލުވުމުގެ ޕްރޮގްރާމް
ތިމާވެށީގެ ދުވަހާގުޅުވައިގެން ބޭއްވުނު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގެ ފުރަތަމަ ޝޯވ ބޭއްވިފައިވަނީ އޯގަސްޓް 4 ވަނަ ދުވަހުގެ ރޭ މަހިބަދޫ ފުޓުބޯޅަ ދަނޑުގައެވެ. "ވޭވްސް" ބޭންޑްގެ މިއުޒިކާއި މަހިބަދޫގެ "ޖޯޝް" ގްރޫޕްގެ ނެށުމުގެ އައިޓަމްތައް މި ޝޯވގައި ހުށަހެޅުނެވެ.
މި ޕްރޮގްރާމްގެ ދެވަނަ ޝޯވ ބޭއްވުނީ އޯގަސްޓް 5 ވަނަ ދުވަހުގެރެއެވެ. މި ޝޯވގައި ވޭވްސް ބޭންޑްގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ފިލްމީތަރިންކަމަށްވާ ސީޒަން، ނިޢުމާ، ރިޝްމީ، އައްޒަ، އަޒޭ އަދި ޣިޔާސްގެ ނެށުމުގެ އައިޓަމްތައް ހުށަހަޅައިދެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ އަންހެން މުވައްޒަފުންގެ ނެށުމުގެ އައިޓަމަކާއި، މަޝްހޫރު ލަވަކިޔުންތެރިޔާ ބާރީ ލަވައިގެ އައިޓަމްތައް ހުށަހަޅައިދެއްވިއެވެ.
7- ބަށި މެޗް
އޯގަސްޓް 5 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މަހިބަދޫގެ އަރާތަރި ޓީމާއި އަބަދަށްފެހި ޓީމްގެ މެދުގައި ބަށި މެޗެއް ބޭއްވުނެވެ. މި މެޗް ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލާ ފާޠިމަތު ޝީރީން ޢަބްދުﷲ އެވެ. މި މެޗް ކާމިޔާބުކުރީ އަރާތަރި ޓީމެވެ.
8- ކުޑަކުދިންގެ ހަވީރު
އޯގަސްޓް 5 ވަނަ ދުވަހު ހަވީރު 5:00 ގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުނެވެ. މި ހަވީރު އިންތިޒާމްކޮށްދެއްވާފައިވަނީ އދ. އަތޮޅު އޮފީހާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެންނެވެ.
9- ޖާފަތް
އޯގަސްޓް 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި، މަހިބަދޫ ރައްޔިތުންގެ ފަރާތުން މެހެމާނުން ޖާފަތެއް އެރުވިއެވެ. މި ޖާފަތް އޮތީ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
10- ތިމާވެށީގެ ދުވަހު ރަސްމީ ޖަލްސާ
އޯގަސްޓް 6 ވަނަ ދުވަހު މެންދުރު 11:00 ގައި، މަހިބަދޫ އިޖްތިމާޢީ މަރުކަޒުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުނެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ޖަލްސާ ކުރިއަށް ދިޔަގޮތް ތިރީގައި މި ދަންނަވަނީއެވެ:
• ކީރިތި ޤުރުއާން ކިޔެވުން
ޖަލްސާ ފެށްޓުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވއ.ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 6 ގެ ދަރިވަރު މަލަކާ އަމްޖަދެވެ.
• ދިވެހިންގެ އިލްތިމާސް
މި ޖަލްސާގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 5 ދަރިވަރުން އިސްވެ ދިވެހިންގެ އިލްތިމާސް ހުށަހަޅައިދިނުމުން، ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.(އިލްތިމާސް ލިންކް)
• މަރުހަބާ ދެންނެވުން
މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. އަލްފާޟިލް އަޙްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ޖަލްސާގައި ހުށަހެޅުނު އިލްތިމާސަކީ، ވަރަށް މުހިންމު ތާރީޚީ އިލްތިމާސެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރު ދެންނެވިއެވެ. މިނިސްޓަރ އަޙްމަދު ޢަބްދުﷲ ގެ ވާހަކަފުޅުގައި، ތިމާވެށީގެ ޙާލަތު މިހާރު އެންމެންނަށް ވަޒަންކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ.
• ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ބައެއް މުބާރާތަކުގެ ވަނަތަކަށް އިނާމުދެއްވުން.
ތިމާވެށި ދުވަހުގެ މުނާސަބަތާ ގުޅިގެން، އދ. އަތޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވުނު ކުއިޒް މުބާރާތާއި، އުކާލެވޭތަކެތިން ބޭނުންކުރެވޭ ތަކެތި ތައްޔާރުކުރުމުގެ މަޢުރަޒާއި، ޕޯސްޓަރުކުރެހުމުގެ މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް އިނާމު ދެއްވުން މި ޖަލްސާގައި އޮތެވެ. އިނާމުތައް ދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ.
• ރާއްޖޭގެ ތިމާވެށްޓަށް އެކަށީގެވާ ޚިދުމަތްކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަމްޒީ ހަނދާން "ފެހިފަތް" ދެއްވުން.
މި ޖަލްސާގައި، ރާއްޖޭގެ ތިމާވެށްޓަށް އެކަށީގެންވާ ޚިދްމަތް ކުރައްވާ ފަރާތްތަކަށް ދެއްވާ ”ފެހިފަތް“ ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިއަހަރު ފެހިފަތް ލިބުނީ، އޭޑަލްވައިސް އެއަރ އަށާއި، އައްޑުއަތޮޅު ފޭދޫ ސްކޫލަށާއި، އެކޯ ކެއަރ އަށާއި، މިއަދު ނޫހަށާއި، ސޮނީ ހާޑްވެއަރ އަށާއި، އަރިއަތޮޅު ދެކުނުބުރީ ދިގުރަށަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި އެ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވިއެވެ.
އިނާމު ލިބުނު ފަރާތްތަކުގެ ތެރެއިން އޭޑަލްވައިސް އެއަރލައިންސަކީ، އެ އެއަރލައިންގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާއިރު، ރާއްޖޭގެ ކަނޑުގެ މާޙައުލު ޙިމާޔަތް ކުރުމާބެހޭ 15 މިނެޓުގެ ވީޑިއޯއެއް ފަސިންޖަރުންނަށް ދައްކަމުން ގެންދާ އެއަރލައިނެކެވެ. ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގައި ކުނި އަޅާނެ ކޮތަޅު ފަސިންޖަރުންނަށް ބަހަމުން ގެންދެއެވެ. ފަސިންޖަރުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި އެމީހުން ބޭނުންކުރާތަކެތީގެ ކުނިތައް މިކޮތަޅުތަކަށް އަޅައި، އެއަރލައިނާ ހަވާލުކުރުމުން، ބޯޓުގައި އެތަކެތި ގެންގޮސް، އެގައުމުގައި މިކުނިތައް އެންމެ އެދެވޭ ގޮތުގައި ނައްތާލައެވެ.
އައްޑުއަތޮޅު ފޭދޫ ސްކޫލަކީ، ތިމާވެށީގެ ދާއިރާއިން ގިނަ ހަރަކާތްތަކެއް ހިންގަމުން ގެންދާ ސްކޫލެކެވެ. ކޮންމެ އަހަރަކުވެސް އެސްކޫލުގައި ހިންގޭ މިހަރަކާތްތަކަކީ، ސްކޫލުގެ ސައިންސް ކްލަބާއި، ތިމާވެށި ކްލަބް ގުޅިގެން ހިންގޭ ހަރަކާތްތަކެކެވެ. މިގޮތުން ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުން ގުޅިގެން، އައްޑުއަތޮޅު ލިންކް ރޯޑުގައި ގަސްއިންދުމާއި، ރަށު އޮފީހާއި ސްކޫލް ގުޅިގެން ޢާންމުކޮށް ކުރިޔަށް ގެންދާރަށުގެ ފަރު ސާފުކުރުމާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ހިމެނެއެވެ. އަދި ތިމާވެށި ކްލަބާއި، މުދައްރިސުންނާއި، ދަރިވަރުން ގުޅިގެން ސްކޫލުގެ ގޯތި ތެރޭގައި ގަސް އިންދައި ބެލެހެއްޓުމުގެ ޕްރޮގްރާމަކާއި، ތިމާވެށްޓަށް ކުރިމަތިވާ މައްސަލަތަކާމެދު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ހިންގަމުން ގެންދެއެވެ.
އެކޯ ކެއަރގެ ހަރަކާތްތައް ފެށިފައިވަނީ، 1994 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިޖަމްޢިއްޔާއިން ފުރަތަމަ ހިންގަން ފެށީ ރާއްޖޭގައި ވެލާ ކަހަނބު ޙިމާޔަތް ކުރުމުގެ ކެމްޕޭނެކެވެ. އަދި "ސޭވް ދަ ޝާކް" ގެ ނަމުގައިވެސް ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި މާލޭގެ މަދަރުސާތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތިމާވެށީގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބ. އަތޮޅުގައި ހިންގަމުން ގެންދެއެވެ. މިގޮތުން މިޕްރޮގްރާމުގައި އެއަތޮޅުގެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ތަފާތު މައްސަލަތަކުގެ މަޢްލޫމާތު ކުދިންނަށް ދެމުން ގެންދެއެވެ. އަދި ތިމާވެށްޓާބެހޭ ތަފާތު ފޮތް، ލީފްލެޓް، ޕޯސްޓަރ، ކަލަންޑަރުފަދަ ތަކެތި މިޖަމްޢިއްޔާއިން ތައްޔާރުކުރަމުން ގެންދެއެވެ.
"މިއަދު" ނޫހަކީ، އެނޫސް ނުކުންނަށް ފެށީއްސުރެ، ރާއްޖޭގެ ތިމާވެށްޓާބެހޭ ޚަބރުތަކާއި މަޢްލޫމާތު ދެމުންގެންދާ ނޫހެކެވެ. ހަފްތާއަކު އެއްފަހަރު ރާއްޖޭގެ ތިމާވެށީގެ ހާލަތާބެހޭ ތަޙުލީލީ ރިޕޯޓެއް ޝާއިޢު ކުރަމުން ގެންދެއެވެ. މިރިޕޯޓުތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ މަޢްލޫމާތާއި، ތިމާވެށްޓާބެހޭ ދިރާސާތަކާއި މަޢްލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދެއެވެ. އަދި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓާބެހޭ ރަޙްމަތްތެރި އާދަތަކަށް މީހުން އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ނޫހުގެ ބޭރު ޞަފްޙާގައި ކުރު މެސެޖު ޝާއިޢު ކުރަމުން ގެންދެއެވެ.
ސޮނީ ހާޑްވެއަރ އަކީ، އެންމެ ފުރަތަމަ އެނރޖީ ސޭވް ބޮތްކާއި ހޮޅިބުރިފަދަ ތަކެތި ރާއްޖެއަށް ގެނެސް ޢާންމުކޮށް ވިއްކުމުގެ މަސައްކަތް ފެށި ކުންފުންޏެވެ. އެކުންފުނިން މިމަސައްކަތް ކުރަމުން ގެންދާތާ މިހާރު 15 އަހަރުވެއްޖެއެވެ. އަދި 2006 ޑިސެމްބަރ 7 ގައި ސޮނީ ހާޑްވެއަރއިން ވަނީ، އިސްރާފުވާ ހަކަތަ މަދުކޮށްދީ، ތިމާވެށްޓަށް ގިނަގުނަ ފައިދާތަކެއް ކުރާނެ އަދި ރާއްޖެއަށް މުޅިން އާ ސިސްޓަމެއް ތަޢާރުފު ކޮށްފައެވެ. ސޮނީ ހާޑްވެއަރ އިން އެނަރޖީ ސޭވް ބޮތްކާއި ހޮޅިބުރި ވިއްކުމުގެ ޚިދުމަތުގެ ސަބަބުން، ރާއްޖޭގައި ބޭނުންކުރާ ބޮތްކާއި ހޮޅިބުރީގެ ކަރަންޓުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވެ، ބޭނުންކުރެވޭ ހަކަތައިގެ މިންވަރު މަދުވެ، އެކަމުގެ ސަބަބުން ތިމާވެށްޓަށް ފައިދާކޮށްފައިވެއެވެ.
ދިގުރަށަކީވެސް، ތިމާވެށީގެ ރޮނގުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ރަށެކެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ތިމާވެށްޓަށް ރައްކާތެރިގޮތަށް ކުނި ނައްތާކުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ރަށުގެ އެކި ސަރަހައްދުތަކަށް އަޅާ ދަޅާއި، ފުޅިއާއި، ޕްލާސްޓިކް ކޮތަޅުފަދަ ތަކެތި އެއްކުރުމަށްޓަކައި ރަށުގެ 3 ސަރަހަޢްދެއްގައި 3 ޑަސްޓްބިން ބަހައްޓައި އެތަކެތި ރައްކާތެރިގޮތުގައި ނައްތާލަމުން ގެންދެވެއެވެ. ރަށް ފެހިކުރުމަށް ހިންގާ ޕްރޮގްރާމުގެ ތެރޭގައި، ރަށުގެ ހޭޅިއާއި އެހެނިހެން ސަރަހައްދުތަކުގައި އަދި މަގުތަކުގައި ހިޔާ ލިބޭގަސް އިންދުމަށް މަހަކު އެއްފަހަރު ހިންގާ ޕްރޮގްރާމް ހިމެނެއެވެ. އަދި ކުނީގެ ގޮތުގައި އުކާލެވޭ ހަރުތަކެތި ރައްކާތެރިގޮތުގައި ނައްތާލެވެއެވެ.
• ފެހިފަތް އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ބޭފުޅަކު ވާހަކަފުޅު ދެއްކެވުން
ފެހިފަތް ލިބުނު ފަރާތްތަކުގެ ތެރެއިން ސޮނީ ހާޑްވެއަރގެ ފަރާތުން މި ޖަލްސާގައި އަލްފާޟިލް ޙަސަން ހަމީޒު ވާހަކަ ދެއްކެވިއެވެ.
• ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވާހަކަފުޅުދެއްކެވުން.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީއާއި ތިމާވެށީގެ ވަރަށް ރަނގަޅު މީޒާނެއް އޮންނަންވާނެކަމަށް ވިދާޅުވިއެވެ. ތިމާވެށްޓަށް ސަމާލުކަންދީގެން، ތަރައްޤީއާއި އިޤްތިޞާދީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެ
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން ތަރައްޤީއަށް ކުރާ މަސައްކަތްތަކުން، ތިމާވެށްޓާއި ޤުދްރަތީ ވަސީލަތްތަކަށް ގެއްލުން ލިބިގެން ނުވާނެކަމަށާއި، ކުރާ މަސައްކަތަށް ހީނަރުކަން ލިބި، ކުރިމަގު ބަނަވާކަމަށް ވަނީނަމަ، އެ މަސައްކަތް އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ.
ތިމާވެށީގެ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ތަރައްޤީގެ އެކި ކަންތައްތައް އިތުރުވަމުންދާއިރު، އެ މަސައްކަތްތައް ހިންގުމުގައި، ތިމާވެށީގެ ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު ވަރަށް މުހިންމުކަން ބަޔާންކުރެއްވިއެވެ. ތިމާވެށި ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށްޓަކައި، ކުޑަކުދިންނާއި، ކިޔަވާކުދިންނާއި، ބޮޑެތި މީހުންނަށާއި، ދުވަސްވީ މީހުންނަށް މަޢްލޫމާތުދީ ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިރިއުޅުމުގެ އާދަތައް، ތިމާވެށްޓާ ރައްޓެހި ގޮތަކަށް ބައްޓަން ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޚަބަރުފަތުރާ ވަސީލަތްތަކުން މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
ގަސްއިންދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ގަސްއިންދުމަށް އަޅުގަނޑުމެން އެންމެންވެސް ލޯބިކުރުމަށާއި، ހެދިފައި ހުރި ގަސްތައް ޙިމާޔަތްކޮށް، ގަހެއް ނުކަނޑާވާނެ ގޮތެއް އޮތްތޯ ބަލައިގެން މަސައްކަތްކުރުމަކީ، ތިމާވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދްމަތެއް ކަމަށް ނުވެނުދާނެކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އިޢްލާނު ކުރައްވާފައިވާ ސިޔާސީ އިޞްލާޙީ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، އެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ނޫންކަމަށް ބުނާނެ ޖާގައެއް ނެތްކަމަށް ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސިޔާސީ އިޞްލާޙީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހާސިލު ކުރެވިފައިވާ ކާމިޔާބީތަކުގެ މައްޗަށާއި، އަޅުއްވާފައިވާ އެކި ފިޔަވަޅުތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ. އަދި އިޞްލާޙީ ޕްރޮގްރާމް ހުއްޓުމަކަށް ނާންނާނެ ކަމަށާއި، އެ ޕްރޮގްރާމް ހިނގަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި މިމަހުގެ 18 ވަނަ ދުވަހު ނަގާ އާންމު ވޯޓުގައި، ވޯޓުލުމުގެ ޝަރްޠު ހަމަވާ، އުމުރުން 18 އަހަރު ފުރިފައިވާ ހުރިހާ ރައްޔިތުން ވޯޓު ދިނުމަށް، މިއަދުވެސް އެދިވަޑައިގެންނެވިއެވެ.
• ހަނދާނީ ފިލާ ޙަވާލުކުރެއްވުން
މިއަހަރުގެ ތިމާވެށި ދުވަހުގެ ރަސްމިއްޔާތުތައް، މަހިބަދޫގައި ބޭއްވެވުމުގެ ކަންތައްތައް، މަހިބަދޫން އިންތިޒާމު ކުރައްވާފައިވާ ފުރިހަމަކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، މަހިބަދުއަށް ދެއްވާ ހަނދާނީ ފިލާ ދެއްވީ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ.
• ޝުކުރު ދެންނެވުން
ޝުކުރު ދެންނެވީ، އަރިއަތޮޅު ދެކުނުބުރީ އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ.
11- ހޭޅިފަށް އާލާކުރުމުގެ ޕްރޮގްރާމް
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ބިލިއަން ގަސް ކެމްޕޭނާ ގުޅުވައިގެން ފެށި ހޭޅިފަށް އާލާކުރުމުގެ ފަށްޓަފވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން މަހިބަދޫގެ އިންޖީނުގޭގެ ހުޅަނގަށް އޮންނަ ސަރަހައްދުން ހޭޅިފަށުގައި ރައީސުލްޖުމްހޫރިއްޔާ ރުކެއް އިންދަވައި ދެއްވިއެވެ. އަދި އެމަނިކުފާނުގެ އިތުރުން، ރައްމިއްޔާތުންގައި ބައިވެރިވެވަޑައިގެންނެވި ދަޢުލަތު ވަޒީރުންނާއި، އިސްވެރިން ގަސް އިންދަވައިދެއްވިއެވެ.

