މިތަނުން ޑައުންލޯޑް ކުރައްވާ
Download Faruma font
Click here to download Faruma font which will allow the best view of Divehi pages on this website.
Restart your browser after installing Faruma font.
ދިވެހި އަކުރު ސްކްރީނުން ބެލުމާއި ޕްރިންޓުކުރުން
މި ވެބްސައިޓްގައި ހިމެނޭ ދިވެހި ޞަފްހާތައް ސްކްރީނުން ބަލާއިރު، އަދި ކަރުދާހަށް ޕްރިންޓް ކޮށްގެން ބަލާއިރުވެސް ލޮލަށް އެންމެ ފަސޭހަވެފައި ރީތިކަމަށް މިހާތަނަށް ފާހަގަ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރު ކުރައްވާފައިވާ ފަރުމާ ފޮންޓެވެ. ވީމާ ފަރުމާ ފޮންޓު ޑައުންލޯޑް ކުރެއްވުން އެދެވިގެން ވެއެވެ.
މި ވެބްސައިޓްގައި ބޭނުންކުރެވިފައިވާ ތާނަ އަކުރު
މި ވެބްސައިޓްގައި ކެރެކްޓަރ އެންކޯޑް ކުރެވިފައިވަނީ ޔުނިކޯޑް ޔޫ.ޓީ.އެފް-8 އަށެވެ. ވިންޑޯޒް ނޫން ޕްލެޓްފޯމްތަކުގައި ވެބްސައިޓް ޓެސްޓް ކުރުމުގެ ފުރުޞަތު މިނިސްޓްރީއަށް އަދި ލިބިފައެއް ނެތެވެ. ރާއްޖޭގައި އާއްމު ބޭނުންތަކުގައި މެކް ޕްލެޓްފޯމް މަޑުމަޑުން އިތުރުވަމުން އަންނާތީވެ މެކް ބޭނުންކުރައްވާ ބޭފުޅުން އެބޭފުޅެއްގެ ކޮމްފިއުޓަރުން މި ވެބްސައިޓް ބޭނުން ކުރެއްވުމުގައި ކުރެވޭ ތަޖުރިބާ ވެބްމާސްޓަރ އަށް އީމެއިލް އަކުން ނޯޓިފައި ކޮށްދެއްވުމަކީ އެދެވޭ ކަމެކެވެ.
ވިންޑޯޒް: ފަރުމާ ފޮންޓު އިންސްޓޯލް ކުރެވިފައިވާނަމަ ތާނައަކުރު ފެންނާނީ އެފޮންޓުންނެވެ. ނެތްނަމަ ދެންބަލާނީ "އެމްވީ ގަލަން ނޯމަލް" އަދި އެއަށްފަހު "އެމްވީ ބޮލި" ފޮންޓަށެވެ. މިއިން އެއްވެސް ފޮންޓެއް ނެތްނަމަވެސް ވިންޑޯޒް އެކްސްޕީގައި ފަހުގެ ބްރައުޒަރ އެއް ބޭނުންކުރައްވާނަމަ (މަލްޓިލިންގުއަލް ޔުނިކޯޑް ސިސްޓަމް ފޮންޓެއްގެ އެހީގައި) ތާނަ އަކުރު ފެނުމުގެ ފުރުޞަތު ބޮޑެވެ.

