Environment Research Centre   .   Meteorology   .   Maldives Energy Authority   .   Maldives Water and Sanitation Authority

Environment   .   Energy   .   Water   .   News   .   Iulaan

Home » Iulaan » MEEW

Mon, 8 Sep 2008

އިޢުލާން: ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އެކުގައި ދިނުމަށް ބީލަން ހުށަހެޅުއްވުމުގެ ދައުވަތު

Electriciy, water and sewerage infrastructure project - Maldives
އަތޮޅުތަކުގެ ރަށްރަށުގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އެކުގައި އެއްފަރާތަކުން ފޯރުކޮށްދިނުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމާ ގުޅިގެން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

މިކަމަށް ތައްޔާރުކޮށްފައިވާ ބިޑް ގައިޑްލައިންސް މިމިނިސްޓްރީން ގަންނަން ލިބެން ހުންނާނެއެވެ. އަދި ބިޑް ގައިޑްލައިންސް ވިއްކާނީ 15 އޯގަސްޓް 2006 އިން 15 އޮކްޓޯބަރ 2006 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށެވެ. ބިޑް ގައިޑްލައިންސްގެ އަގަކީ -/500 ރުފިޔާއެވެ.

މިކަމާބެހޭ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 16 އޮކްޓޯބަރ 2006 ވާ ހޯމަ ދުވަހު 12:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމްގައެވެ. ބިޑާއި ބެހޭ ސުވާލު ހުށަހެޅުން އޮންނާނީ 16 އޮކްޓޯބަރ 2006 އިން 25 އޮކްޓޯބަރ 2006 ގެ ނިޔަލަށެވެ. އަދި މިމިނިސްޓްރީން ސުވާލު ތަކަށް ޖަވާބު ރައްދުކުރާނީ 8 ނޮވެމްބަރ 2006 ވާ ބުދަ ދުވަހު 10:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމްގައެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 15 ނޮވެމްބަރ 2006 ގެ 12:00 އެވެ. ބިޑް ހުޅުވުން އޮންނާނީ 15 ނޮވެމްބަރ 2006 ވާ ބުދަ ދުވަހު 12:00 ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމްގައެވެ. މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައިގައެވެ. އުރައިގެ ބޭރުގައި "ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް އެކުގައި އެއްފަރާތަކުން ފޯރުވައިދިނުމަށް ހުށަހަޅާ ޕްރޮޕޯސަލް" މިހެން ޖަހާފައި އޮންނަންވާނެއެވެ.

21 ރަޖަބު 1427
15 އޯގަސްޓް 2006

Thaana font...

Jobs at MEEW...