Ref: |
174-F/IUL/2007/88 |
ނަންބަރު |
އިޢުލާން
ލ.ފޮނަދޫގެ ޓްރޮޕޯގްރެފިކަލް ސަރވޭކުރާނެ ފަރާތެއް ބޭނުންވެއްޖެ
ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެދަށުން ލ.ފޮނަދޫގެ ޓްރޮޕޯގްރެފިކަލް ސަރވޭ ކޮށްދޭނެފަރާތެއް ހޯދަން ބޭނުވެއްޖެއެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، މި މިނިސްޓްރީއަށް (ފެންބިލްޑިންގް ގެ 3 ވަނަ ފަންގިފިލާއަށް ) ވަޑައިގެން މި މަސައްކަތާ ބެހޭ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުން އެދެމެވެ. މި ބިޑް ޑޮކިއުމަންޓް ލިބިވަޑައިގަންނަވާނީ 29 އޮކްޓޯބަރ 2007 ން 02 ނޮވެމްބަރ 2007 ގެ އޮފީސް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 12:00 އަށެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ) އެވެ.
މިމަސައްކަތާ ބެހޭ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެމްބަރ 2007 ވާ އަންގާރަ ދުވަހު 13:00 ގައި މިމިނިސްޓްރީގެ 3 ވަނަ ފަންގިފިލާގައެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ނޮވެމްބަރ 2007 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީގެ 3 ވަނަ ފަންގިފިލާގައެވެ.
14 ޝައްވާލް 1428 ހ.
25 އޮކްޓޯބަރު 2007 މ.
